ރީތި ޅެން




( ޢަބްދުﷲ ފަހުމީ ދީދީ )
ޢިލްމަކީ އެ މަޢާލިމޭ ވިޖަމާރަނގަޅު ކަންކަން އެދޭ،
        އޭގެ ސަބަބާއެކު މިއެންމެންނަށް ލިބޭ ކަންކަން އެދޭ
ޢިލްމަކީ އެއޮށޭ އެއިން ބިމުގައި ހިތުގެ ގަސްތައްފަޅާ،
        އޭގެ ޡަމަރާތުން ދެދުނިޔޭގައި ލިބުން ފައިދާ އެދޭ
ޢިލްމަކީ އެފެނޭއެއިން ހުރިހައިގަހަށް ފެންދީ ހެދޭ،
        އޭގެ ސަބަބުން ގަސްހެދޭ ގަހުގައިއަޅާ މޭވާ އެދޭ
ޢިލްމަކީ އެކަނޑޭ އެއިން ގިނަގުނަވި ފާއިދާތައް ލިބޭ،
       އޭގެ އަޑިޔަށް ތާއަބަދު މޫތީގަރުން ފީނުން އެދޭ
ޢިލްމަކީ އެއޮޔޭ މުރާދުގެ ނައު ދަތުރުތައް ފަހިކުރާ،
       އޭގެ ނިޔަނެތި ބާރު ނާ ދިމަޔަށް ދަމާ ބަނދަރާ އެ
                       ( ރީތި ޅެން  08)                                     
                                          

Comments